އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް މަލްޓިފަންކްޝަން ކަލަރ ޕްރިންޓަރ – ވޯކް ސްޓޭޝަންއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

މިކޮމާންޑުން މަލްޓިފަންކްޝަން ކަލަރ ޕްރިންޓަރ – ވޯކް ސްޓޭޝަންއެއް ގަންނަން ކުރި ޢިއުލާން IUL)453-LTM-2/1/2022/17) ގައި މައުލޫމާތު ޝީޓް އެޓޭޗް ކުރެވިފައި ނުވާތީ، އެޢިއުލާން ބާތިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް މަލްޓިފަންކްޝަން ކަލަރ ޕްރިންޓަރ – ވޯކް ސްޓޭޝަން އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2022 ޖޫން 21 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2022 ޖޫން 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2022 ޖޫން 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2022 ޖޫން 20 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

09 ޖޫން 2022
ހޯދާ