ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022

އިޢުލާން

 

އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022

 

އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 12 އޯގަސްޓް އިން 18 އޯގަސްޓް 2022 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހުން އަދި ވެބްސައިޓުން (https://badmintonmaldives.org.mv) ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.  އަދި މުބާރާތުގެ ޤަވާޢިދު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓުގައި ޝާޢިއު ކުރެވިފައިވާނެ ކަމުގައި ދަންނަނަވަމެވެ.

ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 12 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަަވަމެވެ. އަދި ޤަވާޢިދަށް ޚިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކުން 12 ޖުލައި 2022 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން  ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށް ލިޔުމުން ހުށަހެޅުމަށް ދަންނަަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު މުބާރާތުގައި ބައިވެރިވާ ޓީމްތަކާއި އެކު ޓޯނަމަންޓް ކޮމިޓީއިން ބައްދަލުވުން ބާއްވާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

09 ޖޫން 2022
ހޯދާ