ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL 10-F/10/2022/108
އިޢުލާން
ޓްރޭނިންގ އޮފް ޓްރެއިނަރސް މެނުއަލް އޮން ޖުވެނައިލް ޖަސްޓިސް އިންދަ ރިޕަބްލިކް އޮފް މޯލްޑިވްސް އަދި ޓްރެއިނިންގ ޕްރެޒެންޓޭޝަންތައް ދިވެހި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން
މި މިނިސްޓްރީގެ ދަށުން ހިނގާ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާފައިވާ 'ޓްރެއިނިންގ އޮފް ޓްރެއިނާރސް މެނުއަލް އޮން ޖުވެނައިލް ޖަސްޓިސް އިންދަ ރިޕަބްލިކް އޮފް މޯލްޑިވްސް އަދި ޓްރެއިނިންގ"ގެ ޕްރެޒެންޓޭޝަންތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން 2022 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި، 2022 ޖޫން 19 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ ޓީ.އޯ.އާރު، މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.