ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ޖޫން 2022 08:05 ގައި ބާތިލް ކުރެވިފައެވެ.
ފުނަދޫ ސްކޫލް |
|
މާލެ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)GS-59-B/GS-59/2022/1
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުނަދޫ ސްކޫލްގެ ރަސްމީ ގޭޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ސްކޫލުން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރަސްމީގޭޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.
- ފުނަދޫ ސްކޫލް / ށ.ފުނަދޫ
- އިޢުލާން ނަންބަރ : (IUL)GS-59-B/GS-59/2022/1
ބިޑް ހުޅުވުން
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި ފުނަދޫ ސްކޫލް އޮފީހުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ފުނަދޫ ސްކޫލް
ރެހެންދިމަގު، ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540540
އީ-މެއިލް: [email protected]
09 ޛުލްޤައިދާ 1443
09 ޖޫން 2022