ދިވެހިރާއްޖެ
މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ހއ. މުރައިދޫގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އަށް ހއ. މުރައިދޫ އިން ކުއްޔަށް ދޫކުރާނެ ތަނެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް:
- 02 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.
- މަދުވެގެން 02 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން.
- މަދުވެގެން 02 ފާޚާނާ ހުރުން.
- އެޕާޓްމެންޓްގެ އެއް ކޮޓަރި ނުވަތަ ސިޓިންގް ރޫމް މި ކުންފުނިން ބޭނުންކުރާނީ ސައިޓް އޮފީސް ހެދުމަށް.
- މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދައި ސެކިއުރިޓީ ރަނގަޅުތަނަކަށް ވުން.
- އުނދުން އަދި ހިފާ ގެންގުޅޭ ސާމާނާއި، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ހުރުން.
- އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.
ތަން |
ގަޑި |
ތާރީހް |
ތަފްސީލް |
ހއ. މުރައިދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
10:30 |
13 ޖޫން 2022 |
މައުލޫމާތު ސާފުކުރުން |
ހއ. މުރައިދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ) |
10:30 |
16 ޖޫން 2022 |
އަގު ހުށައެޅުން |
ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ. މީގެ އިތުރުން މަތީގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ބިޑު ބާތިލް ކުރެވޭނެއެވެ.
ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް