ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 އާންމުކުރުން

ސިވިލް ސަރވިސްގެ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން މިހާރު އަމަލުކުރަންފަށާފައިވާ ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަގާމުތަކަށް މީހުން ނެގުމަށްޓަކައި "ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022" އެކުލަވާލައި މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.  

މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު 2020 ސެޕްޓެންބަރު 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ "ތަޢުލީމީ ދާއިރާގެ ފަންނީ މަޤާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުޞޫލު" އަށް އަމަލުކުރުން ހުއްޓާލެވޭނެކަމުގައި ދަންނަވަމެވެ.

""ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022" އާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/84

08 ޖޫން 2022
ހޯދާ