ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގާ 'އިންފެކްޝަސް ޑިޒީޒް މެނޭޖްމަންޓް ސެންޓަރ' އަށް ކޭޓަރިން ހިދުމަތްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2022/016-R1
ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގަމުންދާ 'އިންފެކްޝަސް ޑިޒީޒް މެނޭޖްމަންޓް ސެންޓަރ' ގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބަލިމީހުންނަށް ބޭނުންވާ ކާބޯތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު TENDER/HMH/2022/016 އަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މިތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: |
15 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލުގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350113
އީ-މެއިލް: [email protected]
09 ޖޫން 2022