ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 (ދެވަނަ އިޞްލާޙު) އާންމުކުރުން
ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކުގެ، ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް މުވައްޒަފުން ނެގުމަށްޓަކައި އެކުލަވާލާފައިވާ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު" ގެ ދެވަނަ އިޞްލާޙު އެކުލަވާލައި މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.
" ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 (ދެވަނަ އިޞްލާޙު)" އާއި އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ދެންނެވީމެވެ.
https://www.csc.gov.mv/Policy/Index/20
08 ޖޫން 2022
ހޯދާ