ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓްތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދުން
ނަންބަރު : WAMCO-PRO/IUL/2022/067
ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓުތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ( (WAMCO-PRO/IUL/2022/063 އަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާ ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން މި ތަކެތި ގަންނާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ތަފްސީލް |
ދުވަސް |
ގަޑި |
ތަން |
ޕްރޮޕޯސަލް ހުށަހެޅުން |
14 ޖޫން 2022 (އަންގާރަ) |
11:00 (ހެނދުނު) |
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.
އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ، 13 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލްތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.
ނޯޓް: ޕްރޮޕޯސަލްތައް ހުންނަންވާނީ ހުރިހާ ގަނޑެއް ސްޓޭމްޕް ކުރެވި ސޮއިކޮށް މުޅި ޕްރޮޕޯސަލް އެއްކޮށް ބައިންޑް ކުރެވިފައެވެ. މިފަދައިން ނެތްނަމަ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584
08 ޖޫން 2022