މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލަށް ލޯ ފާމެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު އަތޮޅު ކައުންސިލަށް ލޯ ފާމެއް ހޯދުން

މާލެއަތޮޅު އަތޮޅު ކައުންސިލަށް ޤާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ވަކާލާތުކުރާނެ ލޯ ފާމެއް ހޯދުމަށް މިއިދާރާގެ ނަންބަރު (IUL)232-AG/232/2022/7 އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ކެންސަލްކޮށް، މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން

  • 15  ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް.
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
  • މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
  • ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ފޯނު ނަންބަރު 6644234 އަށް ގުޅުއްވުން އެދެމެވެ.

ބީލަން ހެށަހެޅުން

  • 2022 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 10:00 އަށް.
  • ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
  • ބީލަން ހުށަހަޅުއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

 

08  ޛުލްޤަޢިދާ  1443

08   ޖޫން   2022

08 ޖޫން 2022
ހޯދާ