ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުށް، ގަހުގެ ވެރިފަރާތް ހޯދުން

ރުއް ގަސްތަކުގެ ވެރިފަރާތް ހޯދުން

          މިރަށު ކަށިކެޔޮމާގެ އަބްދުﷲ ގޯއްޗާއި ދުބުރިމާގެ ނައިމާ މުޙައްމަދުގެ ގޯތީގެ އިރުން އޮތް ކެކުރިމާގެ ރިފްޝާން ރަޝީދު ގޯތީގައިވާ ރުއްގަހުގެ ވެރިފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މި ދެންނެވި ބިމުގައިވާ ރުއްގަހުގެ ވެރިފަރާތެއް ވާނަމަ 19 ޖޫން 2022 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން ރުއް ގަސްތަކުގެ އަދަދު އެނގޭގޮތަށް ސިޓީ އަކުން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިދެންނެވި ތާރީޚާއި ހަމައަށް އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައި ނުވާނަމަ މި ދެންނެވި ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތެއް ނެތްކަމަށް ބަލައި ނައްތާލެވޭނެއެވެ.

08 ޖޫން 2022
ހޯދާ