މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ރ.ކިނޮޅަހުގެ މަސްޖިދުލް ހުދާ، މަސްޖިދުލް ފުރުޤާން އަދި ރ.ކިނޮޅަހު ކައުންސިލުގެ އިދާރާގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޒިރުނުވެ ހުށަހަޅާ ބީލަންތައް ޤަބޫލެއް ނުކުރެވޭނެއެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 05 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

ހ. ރ.ކިނޮޅަހުގެ މަސްޖިދުލް ހުދާ، މަސްޖިދުލް ފުރުޤާން އަދި ރ.ކިނޮޅަހު ކައުންސިލުގެ އިދާރާގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.

23 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014
ހޯދާ