ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ޓްރައިބިއުނަލްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)223-ADM/1/2022/20 އިޢުލާނަށް އެކަށީގެންވާ މިންވަރަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ޙަވާލާދެވުނު އިޢުލާނަށް ތަރުހީބުދީ ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް މިޢުލާނާގުޅިގެން ބާޠިލް ކުރެވިފައިނުވާތީ އެ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. 

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރު:

TAT-118

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން،  ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

 އަސާސީ މުސާރަ:             -/4,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް:  -/1,600 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް:          -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ފިކްސްޑް އެސެޓް ރަޖިސްޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުން އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ހަރުމުދަލުގެ ރަޖިސްޓްރީން އަޕްޑޭޓުކުރުމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ފިކްސްޑް އެސެޓްގެ ގޮތުގައި ލިބޭ ތަކެތި އިންވެންޓްރީއަށް ނެގުމާއި، ފިކްސްޑް އެސެޓް ރަޖިސްޓްރީއަށް ނަގައި، އަންނަ ބަދަލުތައް ޤަވާއިދުން ރެކޯޑު ކުރަމުން ގެންދިއުމާއި، ކޮންމެ އަހަރެއް ނިމުމުން ފިކްސްޑް އެސެޓް ރަޖިސްޓްރީގެ ރިޕޯޓް ތައްޔާރުކޮށް ފައިސާއާއި ބެހޭ ބަޔަށް ޙަވާލުކުރުން.
  3. ފިކްސްޑް އެސެޓް ރެޖިސްޓްރީގައިވާ މުދަލުގެ ތެރެއިން ހަލާކުވެގެން ނައްތާލަންޖެހޭ އެންމެހާ މުދާ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ނީލަން އުސޫލުން ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށް ފައިސާއާއި ބެހޭ ބަޔަށް ރިޕޯޓްތައް ފޮނުވުން.
  4. މުވައްޒަފުން ޓްރައިބިއުނަލަށް ވެއްދުމާއި އަދި ވަކިކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ޕާރސަނަލް ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  5. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  6. މުވައްޒަފުންގެ ގަޑީލާރީގެ ރިޕޯޓް އަދި ފެރީ އެލަވެންސް ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  7. މުވައްޒަފުންގެ އިތުރުގަޑީ ރިޕޯޓް ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.
  8. ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ މީލާދީ މަހުގެ ހާޒިރީ ރިޕޯޓް ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ތައްޔާރުކުރުން.
  9. ޓްރައިބިއުނަލްގެ މުވައްޒަފުންނާއި މެންބަރުންގެ އަހަރީ ހާޟިރީ ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  10. މެންބަރުންނާއި މުވައްޒަފުންނަށް ހިންގޭ ޓްރެއިނިންގތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ޓްރައިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތައް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން.
  13. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  14. ޖެނެރަލް އެޑްމިނިސްޓްރޭޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
  15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

- އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު އޯލެވެލް އިނގިރޭސިން "ސީ" ފާސް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާއިން "ސީ" ފާސް ލިބިފައިވުން.

ނުވަތަ،

- އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން  ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ). 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ. މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ޓްރައިބިއުނަލުގެ ވަޒީފާއަށް ކުރިމަތިލާއިރު އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިޔުން ތައްޔާރުކުރި ތާރީޚް އެނގެން އޮންނަންވާނެއެވެ).

އެހެނިހެން މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން މި ޓްރައިބިއުނަލުން ދޭ ޕްރެކްޓިކަލްގައި ބައިވެރިވާ ފަރާތްތަކަށެވެ.

މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7374767 އަށެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ،  2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

14 ޖޫން 2022 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

08 ޖޫން 2022
ހޯދާ