ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުނ

  ނަންބަރު : (IUL)ASMH-Procure/ASMH/2022/27

 

 

އިޢުލާން

 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފުން

މިހޮސްޕިޓަލުގެ ބޭނުމަށް 2000 އަކަފޫޓަށް ވުރެ ކުޑަނޫން ގުދަނެއް 01 އަހަރު ދުވަހުގެ މުއްދަތަށް ގދ.ތިނަދޫއިން  ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

       ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 08 ޖޫން 2022 އިން 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 12:45 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން: 14 ޖޫން 2022، މެންދުރު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށް އަދި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.

އަންދާސީ ހިސާބް ހުށަހެޅުން:  19 ޖޫން 2022، ހެނދުނު 11:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

 

                          08 ޖޫން 2022

 

 

 

 

 

                                              ޢަބްދުލް ޢަޒީޒް ރިފާޢު

                                                   ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ

                       

 

 

08 ޖޫން 2022
ހޯދާ