ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ ނަންބަރު (IUL)260/260/2022/31 09 މެއި 2022 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވެފައިވާތީ އަންދާސީ ހިސާބުތަށް ބާތިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މިރަށުގެ ޤަބުރުސްތާނު ނޮޅާ ސާފުކުރުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވެވުން އެދެމެވެ.
ބިޑް ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
އަންދާސީ ހިސާބު ހުށަހެޅުން |
07.06.2022 ން 13.06.2022 ގެ 10:00ށް |
14.06.2022 ގެ 10:00 ގައި |
21.06.2022 ގެ 10:00 ގައި |
އޮންލައިން ފޯމް މެދުވެރިކޮށް |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
ހދ.ނައިވާދު ކައުންސިލް އިދާރާގައި |
- ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.gle/q2RJzWbFbaDVEnux7
- ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑާގުޅޭ މަޢުލޫމާތު އީމެއިލް ޒަރިއްޔާއިން ފޮނުވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ ގަބުރުސްތާނު ނޮޅާ ސާފުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސިހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520039 އަށެވެ.