ދިވެހިރާއްޖެ
އިފުރު ޑޮމެސްޓިކް އެއަރޕޯރޓް ގައި ފިހާރައެއް ހިންގަދޭނެ ފަރާތެއް ހޯދުމަށް 30 މޭ 2022 ވަނަ ދުވަހު ކުރެވުނު ނަންބަރު : IAS/MIS/2022-1278 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދެއްގެ ތަރުޙީބެއް ލިބިފައި ނުވާތީ، ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑި އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected] ، [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.
އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
*މަތީގައި ދެންނެވިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑްއާއި ގުޅޭ މައުލޫމާތު މި އިއުލާނާއި އެކު ޑައުންލޯޑް ކުރެއްވޭނެއެވެ.