މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

 ޗީފް ޓެކްނޮލޮޖީ އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

 27,300- 26,800 ރުފިޔާއާ ދެމެދު

ފެންވަރު ނުވަތަ ޝަރުތު:

  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މާރސްޓާސް ޑިގްރީ ހާސިލް ކޮއްފައިވުމާއި އެކު މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފަވުމާއި އެކު  މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މިމަޤާމަށް މީހުން ހޮވުމުގައި ސޮފްވެއަރ ޑިވެލަޕްކުރުމަށް އާއްމުކޮށް ބޭނުންކުރާ ޕްރޮގްރާމިން ލޭންގްއޭޖްތަކާއި މަސައްކަތާއި ގުޅުންހުރި ޓެކްނޮލޮޖީތަކަށް ފަރިތަ ފަރާތްތަކަށް އިސްކަންދެވޭނެ.

މަސްއޫލިއްޔަތު:

  • ކުންފުނީގެ މަޤްޞަދުތައް ޙާސިލްކުރުމަށް ބޭނުންވާ ސޮފްޓުވެއަރތައް ތައްޔާރުކުމާއި މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް ބެލެހެއްޓުން.
  • ކުންފުނީގެ ވެބަސައިޓް ބެލެހެއްޓުމާއި އިތުރަށް ތަރަޤީކުރުން.
  • ކުންފުނީގެ ބޭނުންތަކަށް ތައްޔާރުކުރެވޭ އައިޓީ ސިސްޓަމްތަކާއި ސޮފްޓްވެއަރތައް ބެލެހެއްޓުމާއި އައިޓީ ސިސްޓަމްތަކާއި ސޮފްޓްވެއަރއާ ބެހޭ ތަމްރީނު ކުންފުނީގެ މުވައްޒަފުންނަށް ދިނުން.
  • ކުންފުނީގައި ބޭނުންކުރާ ސޮފްޓްވެއަރތަކާއި އައިޓީ ސިސްޓަމްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ބޭނުންކުރާ ސޮފްޓްވެއަރތަކާއި އައިޓީ ސިސްޓަމްތަކާ ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުން ތަމްރީނުކުރުން.
  • ކުންފުނީގެ އައިސީޓީ ޑިޕާޓްމަންޓުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ހަދަންޖެހޭ ޕޮލިސީތަކާއި ޕްރޮސީޖާރތައް ހަދާ އިންޕްލިމަންޓްކުރުން.
  • ކުންފުނީގައި ބޭނުންކުރަމުންދާ ސޮޕްޓްވެއަރތަކާއި އައިޓީ ސިސްޓަމްތަކަށް ކުރިމަތިވެދާނެ އަދި ކުރިމަތިވާ ނުރައްކާތަކަށް ސިސްޓަމްތައް ތައްޔާރުކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.
  • ކުންފުނީގެ އައިސީޓީ ޑިޕާރޓްމަންޓްގެ މަސައްކަތްތައް ރާވައި ހިންގުމާއި ކުންފުނީގެ އައިސީޓީ ކަންކަން ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

މަސައްކަތުގެ ވަގުތު:

  • މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 12 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

07 ޖޫން 2022
ހޯދާ