ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމު: އެކައުންޓަންޓް
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް
ޢަސާސީ މުސާރަ: 6600.00ރ - 8470.00 ރ.
ސާރވިސް އެލަވަންސް: 2000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ/އެޑިއުކޭޝަން އެލަވަންސް/ސަރވިސް އެލަވަނަސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް
މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ/އ
ޝަރުޠު:
- ޕްރޮފެޝަނަލް ކޮލިފިކޭޝަން؛ އޭސީސީއޭ, ސީޕީއޭ ނުވަތަ ސީއޭ/ މާސްޓަރސް އިން އެޕަލައިޑް އެކައުންޓިންގ ނުވަތަ ބެޗެލަރ އޮފް އެކައުންޓިންގ
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.
- އެކައުންޓިންގގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މާރކެޓް އަދި ބޭންކިންގގެ ނިޒާމް ހިންގާ ގޮތުގެ މަޢުލޫމާތު ލިބިފައިވުމާއެކު އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތުކަމާއި ހުނަރު ލިބިފައިވުން.
- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާރޓްމަންޓުގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯރޓިންގ، ފައިނޭންޝަލް ރިކޯޑުތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފްޞީލު/އެކައުންޓިންގ ޑޮކިއުމަންޓްސް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް
ޢަސާސީ މުސާރަ: 5220.00ރ - 5910.00 ރ.
ސާރވިސް އެލަވަންސް: 1500.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް
މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ
ޝަރުޠު:
- ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރުމާއެކު މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާރޓްމަންޓުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.
މަޤާމު: ޑްރާފްޓް ޕާރސަން
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް
ޢަސާސީ މުސާރަ: 5220.00ރ - 5910.00ރ.
ސާރވިސް އެލަވަންސް: 1500.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް
މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ
ޝަރުޠު:
- ޑިޕްލޮމާ އިން އާކިޓެކްޗަރ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމާއެކު 1 - 2 އަހަރު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.
- ޓެކްނިކަލް ޕްލޭންސް، ބްލޫޕްރިންޓް، ކުރެހުން އަދި މޮޑެލްސް ހެދުމަށް ބޭނުންކުރާ ޓޫލްސް /ސޮފްޓްވެއަރތަކަށް އަހުލުވެރިވުން.
- އިންޖިނިއަރިންގ ޕްރެކްޓިކަލް އެޕްލިކޭޝަން /އާރކިޓެކްޗަރަލް ސައިންސް އާއި ޓެކްނޮލޮޖީ؛ އޮޓޯކޭޑް/3D ވިޝުއަލައިޒޭޝަން އާއި ސޮފްޓްވެއަރތަކަށް ފަރިތަވުން.
- އެޑޯބް އެޕްލިކޭޝަންސް؛ ފޮޓޯޝޮޕް އަދި އިލަސްޓްރޭޓަރ އަށް ފަރިތަވުން.
- ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- ރާއްޖެތެރޭގެ އެކި ވާރކް ސައިޓްތަކުގައި މަސައްކަތް ކުރެވޭނެ މީހަކު ކަމުގައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : އާރކިޓެކްޗަރަލް ކުރެހުން، ބިލްޑިންތަކުގެ ސްޓްރަކްޗަރަލް ކުރެހުން، ސިވިލް އިންޖިނިއަރިންގ ޕްރޮޖެކްޓުތަކަށް ބޭނުންވާ ޓޮޕޮގްރެފިކަލް މެޕްސްތައް ތައްޔާރުކުރުން.
މަޤާމު: ޕްރޮޑަކްޓްސް އޮފިސަރ
ބޭނުންވާ އަދަދު: 01
ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް
ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޢަސާސީ މުސާރަ ރޭންޖް: 5910.00 ރ. – 5220.00 ރ.
ސަރވިސް އެލަވަންސް: 1000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފާއިސާ / އެޑިއުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް
މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ސޯމިލް
ޝަރުޠު
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ އޭލެވެލް އާއެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ އޯލެވެލް އާއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.
- ކަސްޓަމަރުންނަށް ޕްރޮޑަކްޓުތަކުގެ މަޢުލޫމާތު ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުން އަދި ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުން އަދި ކަސްޓަމް ސޮފްޓްވެއަރތަކަށް ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
- ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓަމަންޓުގެ ސޭލްސް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސްޕަލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރޮކޮށްދިނުން އަދި ޕްރޮޑަކްޓްސް ތަކުގެ އިންވެންޓްރީ އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
މަޤާމު: މެކޭނިކް
ބޭނުންވާ އަދަދު: 01
ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް
ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޢަސާސީ މުސާރަ ރޭންޖް: 5370.00 ރ. – 4400.00 ރ.
ސަރވިސް އެލަވަންސް: 1000.00ރ.
ޓެކްނިކަލް އެލަވަންސް: 1500.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފާއިސާ / އެޑިއުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް
މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ސޯމިލް
ޝަރުޠު
އެޑްވާންސްޑް ސެޓުފިކެޓު އިން އިންޖިން ރިޕެއަރ އެންޑް މެއިންޓެނަންސް ނުވަތަ
- ޖީ.ސީ.އީ އޯލެވެލް އާއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.
- ޓެކްނިކަލް މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާރޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ (އިންޖީން އަދި ޖެނެރޭޓަރ ސެޓް) އެންމެހާ ކަންތައް ހިންގައި، ރާވައި އަދި ދުވަހުން ދުވަހަށް މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ ކުރުން.
ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 24 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
ފެކްސް ނަންބަރު: 3221 332
އީމެއިލް:[email protected]
21 ޛުލްޤަޢިދާ 1435