މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގދ.ތިނަދޫގައި ފާނަ މަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާއި ގުޅޭ

 

ފާނަ މަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާއި ގުޅޭ

  

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. 

މި ޕްރޮޖެކްޓުން ހިންގޭ ފަރުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތްތައް ހޯދުމަށް ކުރެވުނު އިއުލާނާއި ((IUL)30-PMU1/30/2022/184) ގުޅިގެން އެއްވެސް ފަރާތަކުން މިމަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިނުވާތީ އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ތަފްސީލް: 

  • ފާނަ މަސްވެރިކަމުގެ ސައިންޓިފިކް މައުލޫމާތު އެއްކުރުމަށްޓަކައި ކޮންމެ ހަފްތާއަކުވެސް ފާނަ ކޮށްޓަށް ނުވަތަ ކަލެކްޓަރ ވެސަލްއަށް ފާނަ ވިއްކުމަށް އަންނަ ފާނަ މަސްވެރިކަންކުރާ ދޯނިފަހަރުން ހަފްތާއަކު މަދުވެގެން 10 ދަތުރުގެ މަސްވެރިކަމާއި ގުޅޭ މައުލޫމާތު ނެގުން
  • މަސައްކަތާއި ގުޅޭ އެހެނިހެން މައުލޫމާތުތައް ޖަދުވަލު 1 ގައި ހިމެނިފައި 

ނޯޓު: މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމާއި، ފާނަ ކޮށި ނުވަތަ ކަލެކްޓަރ ވެސަލް އަށް އެރުމާއި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަކީ މި މަސައްކަތާއި ހަވާލުވާ ފަރާތެއްގެ ޒިންމާއެކެވެ.  

  

ބޭނުންވާ ޢަދަދު:             2 

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 7 މަސް ދުވަސް. 

މަސައްކަތުގެ އަގު:            މަސައްކަތްކުރާ ކޮންމެ މަހަކަށް 5400/- ރުފިޔާ  

މަސައްކަތް ކުރަންޖެހޭ ތަން:      ގދ.ތިނަދޫ ބަނދަރު، ރަށު ފަޅުތެރޭގައި އަޅާފައިވާ ފާނަ ކޮށި ނުވަތަ ކަލެކްޓަރ ވެސެލް

 

ޕޮއިންޓް ދިނުމުގެ އުސޫލު : 

  • ތައުލީމީ ފެންވަރު:  80 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވާ ފަރާތެއް ނަމަ 80 ޕޮއިންޓް، ގްރޭޑް 7 ނިންމާފައިވާ ފަރާތެއް ނަމަ 50 ޕޮއިންޓް، ގްރޭޑް 7 އަކަށްވުރެ ދަށުގެ ސަނަދެއް ނަމަ 40 ޕޮއިންޓް)
  • ތަޖުރިބާ : 20 ޕޮއިންޓް (މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުންތަކަށް ބަލާފައި، 1 އަހަރާއި 5 އަހަރާއި ދެމެދުގެ ތަޖުރިބާއަށް 20 ޕޮއިންޓް އަދި 1 އަހަރުން ދަށުގެ ތަޖުރިބާ އަށް 10 ޕޮއިންޓް) 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ސްކޫލް ލީވިންގ ސެޓްފިކެޓް، ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުން 

މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް އިން ނަމަ، [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

 

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް 

ހ.ވައިޓްވޭސް 

މޫންލައިޓް ހިނގުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3322328 އަދި 3028717 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

  

07   ޖޫން   2022

 

 

07 ޖޫން 2022
ހޯދާ