ދިވެހިރާއްޖެ
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) |
މުސާރަ: 4465.00 ރުފިޔާ |
ސާރވިސް އެލަވަންސް: 1500.00 ރުފިޔާ |
|
ރޭންކް: ޖީ.އެސް 3 |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 |
|
މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް |
|||
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މިނިސްޓަރ ބިއުރޯ |
|||
ޝަރުޠު:
|
|||
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު: - މިނިސްޓަރ ބިއުރޯގެ އެޕޮއިންޓްމަންޓްތައް ހަމަޖައްސައި ބެލެހެއްޓުން. - މިނިސްޓަރ ބިއުރޯގެ އެޕޮއިންޓްމަންޓްތައް ޔައުމިއްޔާކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާއި ގަވާއިދުން ޙިއްޞާކުރުން. - މިނިސްޓަރ ބިއުރޯއިން މިނިސްޓްރީގައި ބާއްވަވާ އެކިއެކި ބައްދަލުވުންތަކަށް ކޮފީ/ ސައި އިންތިޒާމުކުރުން. - މިނިސްޓަރ ބިއުރޯގެ ހާޒިރީ ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ބަލަހައްޓައި ޙިއްޞާ ކުރުން. - މިނިސްޓަރ ބިއުރޯއިން އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން. - މިނިސްޓަރ ބިއުރޯއިން ފޮނުވާ ސިޓީ/ މެމޯ/ ނޯޓު/ ދަޢުވަތު ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި ފަސޭހައިން ފެންނާނެހެން ފައިލް ކުރުން. - މިނިސްޓަރ ބިއުރޯއަށް ލިބޭ ސިޓީ/ މެމޯ/ ނޯޓުފަދަ ލިޔުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން. - މިނިސްޓަރ ބިއުރޯގެ ޔައުމިއްޔާ ކޮންމެ ދުވަހަކު ގަވާއިދުން ތައްޔާރުކޮށް އެޑްމިންއަށް ފޮނުވުން. - މިނިސްޓަރ ބިއުރޯގެ ކޮންމެ ދުވަހެއްގެ އެންޓްރީ، އެންޓްރީކޮށް އިރުޝާދުގެމަތިން ކުރިއަށް ގެންދިއުން. - މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ކަމާބެހޭ ޑިޕާޓްމަންޓްތަކާ ޙިއްޞާކުރުން. - މިނިސްޓަރ / ސްޓޭޓް މިނިސްޓަރ / ޑެޕިއުޓީ މިނިސްޓަރުން ބޭނުންފުޅުވާ ފޮތް، ފަންސުރު އަދި ގަލަންފަދަ ތަކެއްޗާއި އަދި މިނޫންވެސް އޮފީހުގައި ބޭނުންވާ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހޯދުން. - މިނިސްޓަރ/ ސްޓޭޓް މިނިސްޓަރ ބައިވެރިވެވަޑައިގަަންނަވާ އެކިއެކި ޙަފްލާތަކާއި، ޖަލްސާތައް ރާވައި އިންތިޒާމު ކުރުމުގައި އެހީތެރިވެދިނުން. - މިނިސްޓަރ/ ސްޓޭޓް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ އެކިއެކި ޙަފްލާތަކަށް ބޭނުންވެއްޖެ ހިިނދެއްގައި، ސްޕީޗް ތައްޔާރުކުރުން. - މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، އެކަމުގައި އެހީތެރިވެދިނުން. - މިނިސްޓްރީގެ އެކިއެކި ސިވިލް ސަރވިސް މުވައްޒަފުންނާއި މިނިސްޓަރ/ ސްޓޭޓް މިނިސްޓަރ/ ޑެޕިއުޓީ މިނިސްޓަރުން ޙަވާލުކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމުގައި އެހީތެރިވެދިނުން. - މިނިސްޓަރީން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ގާތުން ބަލައި، ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް ބާރުއެޅުން. |
|||
ނޯޓް: - އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. - މި މަޤާމުތަކުގެ އިންޓަވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ. - މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|||
ވެބްސައިޓް އެޑްރެސް www.youth.gov.mv
|
19 ޛުލްޤަޢިދާ 1435