މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކަށް ކުލި ނެގުމާއިގުޅޭ

ޤަވާއިދު ނަންބަރު 2018/R-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު)ގެ 09 ވަނަ މާއްދާ ގެ ދަށުން ހުޅުދުއްފާރުން ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ކަނޑައެޅުމާއި ބެހޭގޮތުން 2022 މެއި 31 ވަނަދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 52 ވަނަ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމާފައިވާ ރޭޓްތައް ތިރީގައި މިވަނީއެވެ.

#

ބިމުގެ ތަފްޞީލް

ރޭޓް

1

ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކަށް ދޫކުރާ ބިން

63 ލާރި

2

ތެލުގެ ވިޔަފާރިއަށް ދޫކުރާ ބިންތަކަށް

01 ރުފިޔާ

3

ވިޔަފާރި އަދި ވަގުތީ ބިންތަކަށް

30 ލާރި

4

އާންމު ބޭނުންތަކަށް ދޫކުރާ ބިންތަކަށް

30 ލާރި

5

ގުދަން ހެދުމަށް ދޫކުރާ ބިންތަކަށް

15 ލާރި

6

އޮޑިހަރުގެ ހެދުމަށް ދޫކުރާ ބިންތަކަށް

15 ލާރި

7

މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ބިންތަކަށް

15 ލާރި

              މިހެންވެމިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖޫން 2022
ހޯދާ