ސިވިލް ކޯޓު
ދިވެހިރާއްޖެ
ނީލަން ކިޔުން

އިޢުލާން

"ހައިއުންޑައި" ބްރޭންޑްގެ އެކްސްކަވޭޓަރެއް ވިއްކާލުން

ނީލަން ކިޔޭ ބޭނުން: ސިވިލް ކޯޓުުގެ ނަންބަރު (3565/Cv-C/20189) 2019/HC-A/116 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން

ބާވަތް:

ނަން: އެކްސްކަވޭޓަރ

ރަޖިސްޓްރީ ނަންބަރު:  MV-11EBDA14-001(10 ނޮވެމްބަރ 2010)

މޮޑެލް ނަންބަރ: R220-95

ޗެސިސް ނަންބަރ: HHKHZ614CD00004650

ވެރިފަރާތް: އައިލަންޑް އެކްސްޕާރޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރ C-0675/2010)

ރަޖިސްޓްރީކުރި ތާރީޚް: 10  ނޮވެމްބަރ 2010

އިންޖީނުގެ ތަފްޞީލް:

މޯޓަރ އުފެއްދި ކުންފުނި: HYUNDAI

މޯޓަރ ސީރިލް ނަންބަރ:  

މޯޓަރ ކެޕޭސިޓީ: -

ދުއްވާފައިވާ ކިލޯމީޓަރ: 21815.000

އަހަރީ ފީގެ މުއްދަތު: -

އިންޝުއަރރެންސް: -

ނީލަމުގެ ތަފްޞީލް:

ނީލަން ފެށޭ އަގު: ނީލަން ފެށޭނީ 1,193,273/06ރ. (އެއްމިލިއަން އެއްލައްކަނުވަދިހަތިންހާސް ދުއިސައްތަ ހަތްދިހަތިންރުފިޔާ ހައެއް ލާރި)

ސިޓީލުމުގެ މުއްދަތު: 19 ޖޫން 2022 އިން ފެށިގެން 23 ޖޫން 2022 14:30 ގެ ކުރިން

އެކްސްކަވޭޓަރ ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ތާރީޚްތައް: 12 ޖޫން 2022 އިން 16 ޖޫން 2022 އަށް ކޮންމެ ދުވަހަކު 08:30–18:00އާއި ދެމެދު ކޮންމެ ދުވަހަކު އެކްސްކެވާޓަރ ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

އެކްސްކަވޭޓަރ އޮތްތަން: ހުޅުމާލެ ފޭސް2   

ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ 23 ޖޫން 2022 14:30 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކޯޓުން އަންގާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލެވޭނެއެވެ. އަދި އަގު ހުށަހަޅަފައިވާ ފަރާތްތަކަށް އެ އުސޫލުން ފުރުޞަތު ދެވެޭނެއެވެ.

ނީލަން ނިމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅައި، އެކަން ވަކިފަރާތަކަށް ނާންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެން ވެއެވެ.

އަގު ހުށަހެޅުން:

ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު ސިޓީ އުރައެއްގައި ބަންދުކުރައްވާފައި ހެނދުނު 08:00 އާއި މެންދުރުފަހުގެ 02:00 އާއި ދެމެދު ޖަސްޓިސް ބިލްޑިންގ ގެ ގުރައުންޑް ފްލޯރ ގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "އެކްސްކަވޭޓަރ ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުންފުންޏެއްނަމަ: - މި ނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

-  މި ނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ

           މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި ފާއިތުވި 01 މަސްދުވަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ.

           މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ނަމުގައި ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. މިބިޑާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، އެ ހުށަހެޅުމެއް ބާޠިލްކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ސިވިލް ކޯޓު، ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑްފްލޯރގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރ (ފޯން ނަންބަރު: 3002700 / 3002734 / 3002735 އީމެއިލް:  [email protected] މެދުވެރިކޮށް މުޢާމަލާތް ކުރެއްވުން އެދެމެވެ.

                                        06 ޛުލްޤަޢިދާ 1443

                                        06  ޖޫން  2022

06 ޖޫން 2022
ހޯދާ