ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
އެކުޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

ި   މިސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ފަހަން ބޭނުންވެއްޖެއެވެ.

  • މި ޕްރޮޖެކްޓްއަށް ބީލަން ހުޅަހެޅޭނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީކުރުމަށް، 2022 ޖޫން 07 އިން 15 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުޅަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  • ރަޖީސްޓަރީ ވާ ފަރާތްތަކަށް، 2022 ޖޫން 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މައުލޫމާތު ޝީޓް އީމެއިލް ކުރެވޭނެއެވެ.
  • ބީލަން ހުޅަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

 

  • މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖޫން 21 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖޫން 29 ވާ ބުދަ ދުވަހުގެ 13:00 ގައި ނޮޅިވަރަމު ސްކޫލްގެ ލައިބްރަރީގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ނޮޅިވަރަމް ސްކޫލް

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520555

އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކް:  

https://forms.gle/BxZxs7RgUBkQeDkr5

07 ޖޫން 2022
ހޯދާ