ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ. |
|
މަޤާމު |
ޕްރައިވެޓް |
ރޭންކް |
CS3-1 |
ކްލެސިފިކޭޝަން |
ޕްރިޒަންސް އޮފިސަރސް އެންޑް ގާޑްސް |
މުސާރަ |
-/5400 ރުފިޔާ |
ސަރވިސް އެލަވަންސް |
-/3450 ރުފިޔާ |
ނޮން ޕްރެކްޓިސް އެލަވަންސް |
މުސާރައިގެ %35 |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މާފުށީ ޖަލު، މާލޭ ޖަލު، އައްސޭރި ޖަލު އަދި ކާށިދޫ ޖަލު |
ބޭނުންވާ އަދަދު |
22 (ބާވީސް) |
ޝަރުޠު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛- 1. ގްރޭޑު 10 ނިންމާފައިވުން، ނުވަތަ 2. ވޮކޭޝަނަލް ތަމްރީނެއް ފުރިހަމަކޮށް ސަނަދު ލިބިފައިވުން، ނުވަތަ 3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނެއްދެއް ވޮކޭޝަނަލް ދާއިރާއަކުން ހާސިލުކޮށްފައިވުން. 4. އުމުރުން 20 އަހަރާއި 35 އަހަރާ ދެމެދު މީހެއް ކަމުގައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު |
1. ފިރިހެން ޖަލުގައި މީހުން ބަންދުކޮށްފައި ތިބޭ ޔުނިޓުތަކުގައި ޑިއުޓީ ކުރުމާއި އެ ޔުނިޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން، މިގޮތުން ޔުނިޓުގެ މަސްޓަރ ނެގުމާއި ބަންދުމީހުންގެ ހަރަކާތްތައް އޮބްޒާވް ކުރުމާއި ބަންދުމީހުން ހިންގާ ގަވާއިދާ ޚިލާފް ޢަމަލުތައް ހުއްޓެވުމަށްޓަކައި ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކަނޑައަޅާފައިވާ ގަޑިތަކަށް އަދި ބޭނުންވާ ޙާލަތްތަކުގައި ގޮޅިތައް ނުވަތަ ގޭޓުތައް ހުޅުވައި ލެއްޕުމާއި ޔުނިޓުގައި ހިނގާ ކަންތައްތައް އަންގަންޖެހޭ ފަރާތްތަކަށް ގަވާއިދުން އެންގުމާއި ޔުނިޓުގެ އަމަން އަމާންކަމާއި މަސްލަޙަތު ދެމެހެއްޓުން، 2. ފިރިހެން ޖަލުގެ ބަންދު މީހުންގެ ޢާއްމު ހާލަތު ބެލެހެއްޓުމާއި ބަންދު މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން، މިގޮތުން ބަންދު މީހުންގެ ޙާލު ބެލުމާއި ޖަލު ގަވާއިދާއި ލޯކަލް އޯޑަރގެ ދަށުން ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތައް ފޯރުކޮށްދިނުމުގައާއި ބަންދުމީހުން މުޖުތަމަޢުށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ މުވައްޒަފުންނަށް އެހީތެރިވުމާއި ބަންދުމީހުންގެ ޝަކުވާތައް އަޑުއަހައި، އެކަންކަން ޙައްލުކޮށްދިނުން ނުވަތަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން، 3. ފިރިހެން ޖަލުގެ އެކިއެކި ބޭނުންތަކަށް ޖަލުން ބޭރަށް ނެރެންޖެހޭ ނުވަތަ މާލެއަށް ގެންދަންޖެހޭ ބަންދުމީހުން މާލެ ގެންދިއުމަށްޓަކައި ކުރަންޖެހޭ ޢަމަލީ މަސައްކަތްތައް ކުރުމާއި މާލެ ގެންގޮސް އެ ބަންދުމީހުންނަށް ދޭންޖެހޭ ޚިދުމަތްތައްދީ އެމީހުން ބެލެހެއްޓުމާއި އަދި އެމީހުން މާލެ ގެންދިޔަ ބޭނުން ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެމީހުން ގެންދިޔަ ބޭނުން ނިމުމުން އަނބުރާ އެމީހުން މާފުށި ޖަލަށް ގެނެސް ގޮޅިތަކަށް ވެއްދުން، 4. ފިރިހެން ޖަލުގެ ސާރޗް ކުރުމުގެ ޕްރޮސީޖަރއާއި އެއްގޮތަށް ބަންދުމީހުން ސާރޗް ކުރަންޖެހޭ ކޮންމެ ވަގުތަކު އެމީހުން ސާރޗް ކުރުމާއި އަދި ގޮޅިތަކާއި ކޮރިޑޯއާއި ޔުނިޓްތަކާއި ޔާޑާއި އެނޫންވެސް ތަންތަން ހަމަޖައްސާފައިވާ އުޞޫލާ އެއްގޮތަށް ނުވަތަ ކަނޑައަޅާ ވަގުތުތަކުގައި ސާރޗް ކުރުން، 5. ފިރިހެން ޖަލުގެ ޔުނިޓްގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން، މިގޮތުން ޔުނިޓުގައި ހިނގާ ކަންތައްތައް ވަގުތުން ވަގުތަށް އޮކިއުރަންސް ފޮތުގައި ލިޔެ، އެ ފޮތް އަޕްޑޭޓުކޮށް ބެލެހެއްޓުމާއި މުވައްޒަފުގެ ޑިއުޓީގައި ހިނގާ ހާދިސާތަކުގެ ހާދިސާ ރިޕޯޓު ލިޔުމާއި މިނޫންވެސް ތިމާ ޑިއުޓީ އަދާކުރާ ޔުނިޓުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން، 6. ފިރިހެން ޖަލުގައި ކުއްލި ޙާލަތެއް ދިމާވެގެން ސައިރަން އަޅައިފިނަމަ ނުވަތަ އެފަދަ ޙާލަތެއް ދިމާވެގެން ނިކުންނަން އަންގާ ކޮންމެ ވަގުތެއްގައި ވެސް ނިކުމެ، އެވަގުތަކު ހުންނަ އޮޕަރޭޝަން ކޮމާންޑަރ އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން، |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް |
- މަތީ ތަޢުލީމާއި ތަމްރީނު. - ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިކޯޑު - ޑީ.ޕީ.އާރު.އެސް އިން ދޭ ފިޒިކަލް ޓެސްޓުން ފާސްވުން - ވަޒީފާއަށް އެދޭ ފަރާތުގެ ކުށުގެ ރިކޯޑު - އިންޓަވިއުގައި މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދެވޭ މިންވަރު. |
އިންޓަވިއު ކުރުން |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ފިޒިކަލް ޓެސްޓް އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 20 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނާއި ފިޒިކަލް ޓެސްޓުން ފާސްވެފައިވާ ފަރާތްތަކަށް ބަލައި 70 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. |
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭ ގޮތަށް ކޮންމެ ޞަފުޙާއެއްގެ ނަންބަރު އެނގޭ ގޮތަށް ޖެއްސެވުން އެދެމެވެ. އަދި ނަންބަރު ނުޖަހާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އެހެނިހެން އިނާޔަތްތައް
|
ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅަން ވާނެއެވެ. ( ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ) |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ޑިޕާޓްމަންޓުގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭ ފޯމު މި ސަރވިސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) - ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން. - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ކުށުގެ ރިކޯޑު ފޯމު މި ސަރވިސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނޯޓް: އެޕްލިކޭޝަންއާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ. |
22 ޛުލްޤަޢިދާ 1435 |