ދިވެހިރާއްޖެ
1. މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާށް ކުރެވުނު ނަންބަރު: (IUL)274/INDIV/2022/34 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކުރުމަށްފަހު މިމަސައްކަތައް ބީލަންހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި،އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (01/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ މީޓީންގްރޫމުގައި އޮންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ޖޫން 14 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހުގެ 11:00ގައެވެ.
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ފޭދޫ ކައުންސިލްގެ އިދާރާ |
ފޯނުނަމްބަރ. |
ވެބްސައިޓް |
އީމެއިލް |
6540045 |
www.feydhoo.gov.mv |