ދިވެހިރާއްޖެ
މަޤާމް: ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: އެމް.އެސް 2
ކްލެސިފިކޭޝަން : ސީނިއަރ އޮފިސަރ ގްރޭޑް 2
މުސާރަ : -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ނޭޝަނަލް ކޮމްޕެޓިޓިވް ޕްރޮކިއުމަންޓް ޔުނިޓް، ޕްރޮކިއުމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- މިނިސްޓްރީ އާއި ދާއިރާއިން އެދޭ ތަކެއްޗާއި ޚިދުމަތް ހޯދުމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން އުސޫލުތަކާ އެއްގޮތަށް ކުރުމާއި ބޭނުންވާ މުއްދަތަށް ތަކެތި ހޯދުމާއި ފޯރުކޮށްދިނުން
- މިނިސްޓްރީއާއި ދާއިރާގެ ބޭފުޅުން/ޓީމުތައް ރާއްޖެތެރެއަށްކުރާ 25000.00 ރުފިޔާއަށްވުރެ އަގުމަތީ ދަތުރުތައް ގެޒެޓްކޮށް ބީލަން ކުރިއަށްގެންދިއުމާއި، އެދަތުރުތައް ހަމަޖެއްސުމަށްކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި ދަތުރުތައް ހަމަޖެއްސުން
- ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން ދަށުގެ ޓެކްސްޓް ފޮތްތައް މިނިސްޓްރީން ގެޒެޓްކޮށްގެން ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން
- ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ބޭނުންވާ ޗާޕުކުރަންޖެހޭ އަދި އިމްޕޯޓް ކުރަންޖެހޭ 1.5 މިލިޔަން ރުފިޔާއިން މަތީގެ ޓެކްސްޓް ފޮތްތައް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑް މެދުވެރިކޮށް ޕްރޮކިޔުކުރުމާބެހޭ އެންމެހައި ކަންތައް ކުރުން
- ހޯދޭ ތަކެތީގެ ތެރެއިން ގުދަނަށް ފޮނުވަންޖެހޭ ތަކެތި، ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް ޢަމަލުކުރުމާއި އެކަންކަމާގުޅޭ ލިޔެކިއުންތައް ފުރިހަމަކުރުން
- ހޯދާ ތަކެއްޗާއި ޚިދުމަތާގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެމަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 29 ސެޕްޓެންބަރު – 9 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mvއިން ލިބިވަޑައިނަވާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.