މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ މަސައްކަތް ކޮށްދޭނެ އަދި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި އޮތޯރިޓީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ފިޒިކަލް ރީސްޓްރަކްޗަރިންގގެ މަސައްކަތް.
- މި އޮތޯރިޓީގެ ބައެއް ޑިޕާޓްމަންޓުތަކަށް ބޭނުންވާ ވޯކްސްޓޭޝަން އަދި ފަރުނީޗަރ ސަޕްލައިކޮށްދިނުން.
ވީމާ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
13 ޖޫން 2022 |
ހޯމަ |
15:00 |
އަންދާސީހިސާބު ހުށަހެޅުން |
20 ޖޫން 2022 |
ހޯމަ |
11:00 |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯން ނަންބަރު : 3339522 ، 3020478 އަށް ގުޅުއްވުން އެދެމެވެ.
06 ޖޫން 2022
ހޯދާ