ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ގަަތުމާއި ބެހޭ

ނަމްބަރ: (IUL)423/INDIV/2022/29

އިޢުލާން

ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ގަތުމާއި ބެހޭ

 

ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2022 ވަނަދުވަހު 11:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖޫން 2022 ވަނަ ދުވަހުގެ 11:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައި މިކަމަށްބޭއްވޭ ބިޑްމީޓިންގ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްކަތުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " 1.5 ޓަނުގެ ޕިކަޕެއް ވިއްކުމާއި ބެހޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

06 ޛުލްގައިދާ 1443

05 ޖޫން   2022

05 ޖޫން 2022
ހޯދާ