ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމާބެހޭ

2022 އޮގަސްޓް 07 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2022-2023 ވަނަ ދިރާސީ އަހަރަށް މިސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރެވޭ އުމުރުފުރާ ތިރީގައިމިވަނީއެވެ.

ސްކޫލަށް ވެއްދުމުގެ އުމުރުފުރާ

ކުލާސް

އުމުރުފުރާ

ބޭބީ ނާސަރީ

2022 އޮގަސްޓްމަހުގެ 1 ވަނަ ދުވަހަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.

(02 އޯގަސްޓް 2019 އާއި 01 އޯގަސްޓް 2020 ގައި އުފަންވެފައިވާ)

ނާސަރީ

2022 އޮގަސްޓްމަހުގެ 1 ވަނަ ދުވަހަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން.

(02 އޯގަސްޓް 2018 އާއި 01 އޯގަސްޓް 2019 އާއި ދެމެދު އުފަންވެފައިވާ ކުދިން)

ސްކޫލް ފީ:

މިސްކޫލްގެ ފީ އަކީ ކޮންމެ މީލާދީ މަހަކަށް -/200 ( ދުއިސައްތަ ރުފިޔާ ) އެވެ.

ހުޅުދެލީ ޕްރީސްކޫލްގެ އެޑްމިޝަން ފޯމް އަދި ފޮތް ލިސްޓް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 09:00 ން ފެށިގެން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް، ސަރުކާރު ރަސްމީބަންދު ނޫން ދުވަސްތަކުގައި ހުޅުދެލީ ކައުންސިލްގެ އިދާރާއިންނެވެ.

  ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ޖޫން 2022
ހޯދާ