މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގެވަޅު ކޮމެޓީ" އެކުލަވާލުމާއި ގުޅޭ

އިޢުލާން

(IUL)307/INDIV/2022/39

މިރަށުން މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ބުރެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށްޓަކައި "ގެވަޅު ކޮމެޓީ" ގެ ނަމުގައި، ސަރުކާރުގެ މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާ އަދި އާންމު ފަރާތްތައް ހިމެނޭހެން ކޮމެޓީއެއް އެކުލަވާލަން މިކައުންސިލުން ބޭނުންވެއެވެ. މި ކޮމެޓީގެ ބޭނުމަކީ މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި އެކަމާ ގުޅުންހުރި އެންމެހާ ކަންކަން ނިންމާއިރު އެކި ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާއާއި ހިޔާލުގެ މައްޗަށް ބިނާކޮށް، ވީހާވެސް އިންސާފުވެރިކަމާއިއެކު ގެވަޅު ދޫކުރުމުގެ އެންމެހާކަންކަން ކުރިއަށް ގެންދިއުމެވެ.

ވީމާ، މިކޮމެޓީގައި ބައިވެރިވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

06 ޖޫން 2022
ހޯދާ