ދިވެހިރާއްޖެ
އިޢުލާން
ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ލޭބަރ މަޤާމްއަށް ވޭޖް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް |
ލޭބަރ |
ބޭނުންވާ އަދަދު |
01 |
މުއްދަތު |
02 މަސް (ވޭޖް) |
މުސާރަ |
މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 34.00ރ. |
އެހެނިހެން އިނާޔަތްތައް |
މި މަޤާމަކަށް އިތުރު އެއްވެސް އިނާޔަތެއް ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. |
މަޤާމް އޮތް އޮފީސް |
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ |
މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު: |
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް. (6 ގަޑިއިރު)
|
ސެކްޝަން |
މުނިސިޕަލް ސާރވިސް ސެކްޝަން |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ރަސްމާދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ |
މަޤާމުގެ އަސާސީ ޝަރުތު: |
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރުން. 2- ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1- ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭ ގޮތައް ބަގީ ހުސްކުރުން. 2- ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން. 3- ބަގީއަށް ދިމާވާ އެކިއެކި މަސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމިލީގޮތުން މަސައްކަތް ކުރުން. 4- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން. 5- ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ޤަވާއިދުން ކުނި ނެގުމާއި، ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން. 6- ވެމްކޯއިން ކުނި އުފުލަން އަންނަ ދުވަހު، ރަށު ގޮނޑު ހުސްކުރުމަށް ކުރަންހުރި މަސައްކަތްތައް ކުރުން |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަޖުރިބާ އަދި މަސައްކަތްކުރުމުގެ ހުނަރާއި ޤަބިލްކަން ހުރުން. |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 07 ދުވަހުގެ ތެރޭގައި މިމަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި، ގަޑި އަދި އިންޓަރވިއު އޮންނާނެ ތަން 24 ގަޑިއިރު ކުރިން ކައުންސިލް އިދާރާއިން އަންގާނެއެވެ.
|
ހުށައަޅަން ޖެހޭ ލިޔުންތައް: |
1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ) 6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2022 ޖޫން 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ. |
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ. |
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.