ދިވެހިރާއްޖެ
ހދ.އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން ލެބޯޓްރީ ޓެސްޓު ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 6 ޖޫން 2022 ވާ ހޯމަ ދުވަހުން ފެށިގެން 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- · އަންދާސީ ހިސާބު ހުށަހެޅުން
- 19 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގ ރޫމުގައި
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި މިކަމާގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިވާނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.