ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގްރާސް ކާޕެޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މަރުކަޒަށް ގްރާސް ކާޕެޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު (IUL)GS-02/GS-02/2022/11  އަށް ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށްފެންނާތީ, އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ކަމަށް އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 ޖޫން 2022 އިން 08 ޖޫން 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00އަށް މި މަރުކަޒުއޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އޮންލައިން ކޮށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.

 

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ޖޫން 2022 ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

                                                             

މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.

 

ބިޑް ހުޅުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. ބިޑް، އޮންލައިންކޮށް ހުށަހަޅުއްވަންބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.

  • ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

 

  • އިތުރު މަޢުލޫމާތު6528817  ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
  • ފޯން:  6528817
  • އީ-މެއިލް: [email protected]

06 ޖޫން 2022

06 ޖޫން 2022
ހޯދާ