ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
1 ލާންޗް ސިޓީލައި ނީލަމުގައި ވިއްކާލުން

1 ލާންޗް ސިޓީލައި ނީލަމުގައި ވިއްކާލަން ގަސްދުކުރަމެވެ. ޕާރކިންގ ސޭބާ 212 ހޯސްޕަވަރުގެ 2 އިންބޯޑު އިންޖީނު (ޑީސަލް އިންޖީނު) އަޅާފައިވާ މި ލާންޗަކީ 1993 ވަނައަހަރު އުފައްދައި އަދި ރަޖިސްޓަރީކޮށްފައިވާ ލާންޗެކެވެ.

މި ލާންޗުގެ ނީލަން ފެށޭނީ 150,000.00ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އިންނެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 5,000.00ރ. (ފަސްހާސް ރުފިޔާ) އެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅިފައިވާ އެންމެމަތީ އަގު އެދުވަހުގެ 14:00 ން ފެށިގެން ކައްދޫ އެއަރޕޯޓް އޮފީހުގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިމޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 21 ވަނަދުވަހުގެ 09:00 ން ފެށިގެން އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. އަގު ހުށަހަޅުއްވާ ލިޔުން ރަސްމީ ދުވަސްތަކުގައި މެންދުރުފަހުގެ 14:00 ގެ ކުރިން ކައްދޫ އެއަރޕޯޓް އޮފީހުން ބަލައިގަންނާނެއެވެ. އަދި މިލިޔުން ކައްދޫ އެއަރޕޯޓް އޮފީހުގެ ފެކްސް ނަންބަރު 7919821 އަށް ފެކްސް ކުރެއްވުމުންވެސް ނުވަތަ ކައްދޫ އެއަރޕޯޓުގެ މިދަންނަވާ އީމެއިލް އެޑްރެހަށް މެއިލްވެސް ކުރެއްވިދާނެއެވެ. [email protected] އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800704 ނުވަތަ 7993303 ފޯނަށެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014
ހޯދާ