ދިވެހިރާއްޖެ
މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މާކެޓިންގ އެންޑް ކްރިއޭޓިވް ކޮންސަލްޓެންސީ ސާރވިސް 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަންބަރު IUL)113-PD/1/2022/48) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ ޕްރޮޕޯސަލްތައް މަސަައްކަތުގެ ސްކޯޕްއަށް ބަދަލު އައިސްފައިވާތީ، ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މަޢުލޫމާތު ސާފުކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ޕްރީބިޑް މީޓިންގ/ރަޖިސްޓްރޭޝަން |
ޕްރީބިޑް މީޓިންގ 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 11:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. ( ޕްރީބިޑްގައި ބައިވެރިވެ ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.