އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަންގެ ޤާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަންގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އަންނަނިވި ޝަރުޠުތައް މި މަޤާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

(ހ)

އުމުރުން ތިރީސް އަހަރު ފުރިފައިވުން؛

(ށ)

ޚިޔާނާތުގެ ކުށް ނުވަތަ މަކަރާއި ޙީލަތުގެ ކުށް ނުވަތަ ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(ނ)

ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވާނަމަ، އެ ކުށުގެ އަދަބު ތަންފީޛުކޮށް ނިމުނު ފަހުން ނުވަތަ އެ ކުށުގެ އަދަބު މަޢާފުކޮށްދިން ފަހުން 5 (ފަހެއް) އަހަރު ވެފައިވުން؛

(ރ)

އެމީހެއްގެ މާލީ މަޞްލަޙަތުތައް ހުރިގޮތުން ނުވަތަ އެނޫންވެސް މަޞްލަޙަތުތައް ހުރި ގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރުމަށް ހުރަހެއް އޮތް މީހަކު ކަމުގައިނުވުން.

މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަންގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ޝަރުޠުތައްވެސް މި މަޤާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

(ހ)

ޤާނޫނީ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާ (މެނޭޖްމަންޓުގެ ދާއިރާ) ނުވަތަ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ، މިއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛ އަދި

(ށ)

ޤާނޫނީ ދާއިރާގައި ނުވަތަ ހިންގުމުގެ ދާއިރާ (މެނޭޖްމަންޓުގެ ދާއިރާ) ގައި ނުވަތަ ވިޔަފާރިއާއި އިޤްތިޞާދުގެ ސިނާޢަތުގައި މަދުވެގެން 10 (ދިހައެއް) އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވީމާ، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އަންނަނިވި ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު

3. ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު

މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރިކޯޑު ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.agoffice.gov.mv އެވެ.

_____________________

20  ޛުލްޤަޢިދާ  1435

15 ސެޕްޓެންބަރު 2014
ހޯދާ