ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓްތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދުން
ނަންބަރު : WAMCO-PRO/IUL/2022/063
ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަން ލިމިޓެޑްގެ އެކި ސައިޓުތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން (WAMCO-PRO/IUL/2022/057) އަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާ ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ އަދި މައުލޫމާތު ޝީޓަށްވެސް ބަދަލު އައިސްފައިވުމުން އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން މި ކޯޕަރޭޝަންގެ އެކި ސައިޓުތަކުގައި ހުރި އެކި ކަހަލަ އަލުން ބޭނުން ކުރެވޭ ނުވަތަ ރިސައިކްލަބަލް ތަކެތި ގަންނާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ތަފްސީލް |
ދުވަސް |
ގަޑި |
ތަން |
ޕްރޮޕޯސަލް ހުށަހެޅުން |
08 ޖޫން 2022 (ބުދަ) |
11:00 (ހެނދުނު) |
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
08 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.
އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ، 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލްތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584
www.wamco.com.mv
05 ޖޫން 2022