މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. އަތޮޅު ކައުންސިލަށް ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދުން

މި އިޢުލާންވަނީ 06 ޖޫން 2022 13:23 ގައި ބާތިލް ކުރެވިފައެވެ.


ނ. އަތޮޅު ކައުންސިލަށް ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ

            ނ. އަތޮޅު ކައުންސިލާއި، ނ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް އެކުލަވާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން (ބިޑް ރަޖިސްޓަރީ ކުރާ ފޯރމް)   މިލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ) [email protected]  ( މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

06 ޖޫން 2022 ން 12 ޖޫން 2022

8:00 އިން 14:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން)

13 ޖޫން 2022

13:00

އަންދާސީ ހިސާބު ހުށަހެޅުން

16 ޖޫން 2022

13:00

ބީލަމާގުޅޭ ތާވަލު:

 

 

އަންދާސީ ހިސާބު ހުށަހެޅުން

           މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.              

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.

05 ޖޫން 2022
ހޯދާ