ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.
1- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
2- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022/05/06 އިން 2022/05/12 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާނީ މިއިދާރާއަށް ވަޑައިގެން އެކަމަށްއެދޭ ފޯމުންނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
3- މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
4- ބީލަމުގައި ރަޖިސްޓްރީވުމުގެ ފީއަކީ 150.00 ރުފިޔާ.
5- ސައިޓް ވިޒިޓިން އޮންނާނީ 2022 ޖޫން 13 ވަނަ ދުވަހުގެ 10:00 ގައެވެ. ބިޑް ނަގާ ހުރިހާ ފަރާތްތަކެއް ދުރުވާނީ 10:00 އަށް ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގެ ސްކޫލާއި ވީފަރާތު އިރުމަތީ ގޭޓް ކައިރިއަށެވެ.
6- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖޫން 19 ވަނަދުވަހުގެ 11:00 އެވެ. ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެ. އަދި ބީލަންތައް ހުށަހަހެޅުންއޮންނާނީ މަލްޓިޕާޕާސް އިމާރާތުގެ މީޓިން ރޫމްގައެވެ
7- ބީލަންތައް ހުޅުވުން އޮންނާނީ 2022 ޖޫން 19 ވަނަދުވަހުގެ 11:00ގައި ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.
8- ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީ ކުރުމުން ލިބިވަޑައި ގަންވާނެއެވެ. އަދި ބޭނުންފުޅުވެލައްވާ ފަރާތްތަކަށް މެއިލްކުރެވިދާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- ފޯން : 7908156
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.