ދިވެހިރާއްޖެ
މި ހޮސްޕިޓަލަށް 10 މެޑިކަލް އޮފިސަރުން ބޭނުންވެއެވެ. ތިރީގައި މިވަނީ މި މަޤާމުގެ ޝަރުޠުތަކާއި މުސާރަ އާއި އެހެނިހެން އެލަވަންސްތަކުގެ ތަފްސީލެވެ.
- ގްރޭޑް: ސީ.އެސް.1-12 (ޝަރުޠު 1)
- މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް
- މުސާރަ މަހަކު -/15090 ރުފިޔާ
- ސަރވިސް އެލަވަންސް މަހަކު -/6150 ރުފިޔާ
- ޑިޕާޓްމަންޓް /ސެކްޝަން : ކްލިނިކަލް ސަޕޯޓް ސަރވިސަސް
- ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ހުރިހާ ދާއިރާތަކެއްގައި ސީނިއަރ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމާއި، އިމަޖެންސީ ފަރުވާދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބަލިމީހުންނަށް ފަރުވާދިނުން.
- ތަޢުލީމާއި ތަޖުރިބާ: މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 01 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
- ގްރޭޑް: ސީ.އެސް.2-12 (ޝަރުޠު 2)
- މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް
- މުސާރަ މަހަކު -/15850 ރުފިޔާ
- ސަރވިސް އެލަވަންސް މަހަކު -/6150 ރުފިޔާ
- ޑިޕާޓްމަންޓް /ސެކްޝަން : ކްލިނިކަލް ސަޕޯޓް ސަރވިސަސް
- ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ހުރިހާ ދާއިރާތަކެއްގައި ސީނިއަރ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމާއި، އިމަޖެންސީ ފަރުވާދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބަލިމީހުންނަށް ފަރުވާދިނުން.
- ތަޢުލީމާއި ތަޖުރިބާ: މެޑިކަލް އޮފިސަރ ސީ.އެސް.1-12 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
- ގްރޭޑް: ސީ.އެސް.3-12 (ޝަރުޠު 3 )
- މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް
- މުސާރަ މަހަކު -/16630 ރުފިޔާ
- ސަރވިސް އެލަވަންސް މަހަކު -/6150 ރުފިޔާ
- ޑިޕާޓްމަންޓް /ސެކްޝަން : ކްލިނިކަލް ސަޕޯޓް ސަރވިސަސް
- ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ހުރިހާ ދާއިރާތަކެއްގައި ސީނިއަރ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމާއި، އިމަޖެންސީ ފަރުވާދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބަލިމީހުންނަށް ފަރުވާދިނުން.
- ތަޢުލީމާއި ތަޖުރިބާ: މެޑިކަލް އޮފިސަރ ސީ.އެސް 2-12 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
- ގްރޭޑް: ސީ.އެސް.4-12 (ޝަރުޠު 4 )
- މަގާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް
- މުސާރަ މަހަކު -/17490 ރުފިޔާ
- ސަރވިސް އެލަވަންސް މަހަކު -/6150 ރުފިޔާ
- ޑިޕާޓްމަންޓް /ސެކްޝަން : ކްލިނިކަލް ސަޕޯޓް ސަރވިސަސް
- ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ހުރިހާ ދާއިރާތަކެއްގައި ސީނިއަރ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމާއި، އިމަޖެންސީ ފަރުވާދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބަލިމީހުންނަށް ފަރުވާދިނުން.
- ތަޢުލީމާއި ތަޖުރިބާ: މެޑިކަލް އޮފިސަރ ސީ.އެސް 3-12 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
- ގްރޭޑް: ސީ.އެސް.5-12 (ޝަރުޠު 5 )
- މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް
- މުސާރަ މަހަކު -/18350 ރުފިޔާ
- ސަރވިސް އެލަވަންސް މަހަކު -/6150 ރުފިޔާ
- ޑިޕާޓްމަންޓް /ސެކްޝަން: ކްލިނިކަލް ސަޕޯޓް ސަރވިސަސް
- ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: ހޮސްޕިޓަލުގައި ބަލިމީހުންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ ހުރިހާ ދާއިރާތަކެއްގައި ސީނިއަރ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމާއި، އިމަޖެންސީ ފަރުވާދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ބަލިމީހުންނަށް ފަރުވާދިނުން.
- ތަޢުލީމާއި ތަޖުރިބާ: މެޑިކަލް އޮފިސަރ ސީ.އެސް 4-12 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.
މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
4. މަސައްކަތްތައް ރާވައި ހިންގުމުގެ ޤާބިލުކަމަށް ބަލައިގެން.
ހުށަހަޅަންޖެހޭ ލިޔުންތައްް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ބްލޮކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތައް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ
- މަސައްކަތު ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ)
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިނާޔަތްތައް:
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ސުންގަޑި
29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15.00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އަދި 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15.00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.