މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :މޭސަން
ބޭނުންވާ އަދަދު :4

 

މުސާރަ

 މަހަކު -/5600 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

 -/7500 ރ -/8500 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ   ހަމަޖެހިފައިވާ އުސޫލުން އިތުރު   ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު

- މަޤާމާއި ގުޅޭ ދާއިރާ އިން އެޑްވާންސް ސެޓްފިކެޓް ހާސިލް ކޮށްފައިވުން.

   ނުވަތަ

 މަޤާމާއި ގުޅޭ ދާއިރާ އިން ސެޓްފިކެޓް ލެވެލް 02 ހާސިލްކޮށްފައިވުމާއެކު މަސައްކަތާއި   ގުޅޭ ދާއިރާއަކުން 02   އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

- ކުންފުނީގެ އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރގެ އެންމެހައި މޭޝަނަރީ މަސައްކަތްތައް   ކުރުން.

- ކުންފުނީން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓްތަކުގެ ކުރެހުންތަކާއި އެއްގޮތަށް   އެންމެހައި މޭޝަނަރީ މަސައްކަތްތައް ކުރުން.

- ރޭނުމާއި ސިމެންތި ޖެހުން އަދި ޓައިލްސް ޖެހުމުގެ މަސައްކަތް ކުރުން.

- ކޮންކްރީޓް މަސައްކަތްތައް ކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު

 ދަންފަޅި އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން

 ފެސިލިޓީ މެނޭޖްމަންޓް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި

 2022 ޖޫން 13 ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި

- މަޤާމަށް އެދިހުށައަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖޫން 20 އާއި ޖޫން 30 އާއި ދެމެދުގައެވެ.

ފޯރމް ހުށަހަޅަންޖެހޭ އޮފީސް 

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަން ކައުންޓަރުން ލިބެން   ހުންނާނެއެވެ.  އަދި  ކުންފުނީގެ   ވެބްސައިޓް www.port.mv އިން ޑައުންލޯޑް   ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339   ފެކްސް: 3325293   އީމެއިލް: [email protected]

 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި   ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

05 ޖޫން 2022
ހޯދާ