ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ހުޅުދެލީ ކައުންސިލްގެ ވޮލީ މުބާރާތް 2022" ( ފިރިހެން )

                " ހުޅުދެލީ ކައުންސިލްގެ ވޮލީ މުބާރާތް 2022" މި އަހަރުގެ އަޟުހާ ޢީދު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ޖުލައި 12 ވާ އަންގާރަ ދުވަހުގައެވެ.

                 މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 2022 ޖުލައި 03 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ފޯމާއި މުބާރާތުގެ ޤަވާއިދު ދޫކުރާނީ 2022 ޖޫން 12 ވަނަ ދުވަހުންފެށިގެންނެވެ.  ފޯމާއެކު މުބާރާތުގެ ޤަވާއިދު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އާ ދެމެދުއެވެ.

                 ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

03 ޖޫން 2022
ހޯދާ