ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 5 ޖޫން 2022 ވާ އާދިއްތަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އާރޓްސް
- އެޑްވާންސްޑް ސެޓްފިކެޓް އިން އަރަބިކް ލޭންގްވިޖް – ލ. ގަން
ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީ
- ބެޗްލަރ އޮފް އާރޓްސް އިން އާރކިޓެކްޗުރަލް ޑިޒައިން – ކ. މާލެ
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
- ޑިޕްލޮމާ އިން ބިޒްނަސް– ގދ. ތިނަދޫ
- އޭ.އޭ.ޓީ އެޑްވާންސްޑް ޑިޕްލޮމާ އިން އެކައުންޓިންގ – ގދ. ތިނަދޫ
ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
https://mnu.edu.mv/application-announcements-2022-term-2/
4 ޛުލްޤައިދާ 1443