ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެ

ނަންބަރު : WAMCO-PRO/IUL/2022/062

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މާލެ އަދި ހުޅުމާލޭގައި ބޭނުންކުރުމަށް ވެހިކަލް ކުއްޔަށް ހިފުމަށް ކުރެވުނު  2 އިޢުލާން (WAMCO-PRO/IUL/2022/061، WAMCO-PRO/IUL/2022/059) އަށްވެސް އެއްވެސް ފަރާތަކުން ކުރިމަތިލައްވާ ބީލަން ހުށަހަޅުއްވާފައި ނުވާތީ އަދި މައުލޫމާތު ޝީޓަށްވެސް ބަދަލު އައިސްފައިވުމުން އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން ވެހިކަލް ކުއްޔަށް ހިފުމަށް އިޢުލާން ކުރަމެވެ.

ތަފްސީލް

ކެޕޭސިޓީ

ބޭނުންވާ އަދަދު

ބޭނުންވާ މުއްދަތު

ބޭނުންވާ ތަން

ޕިކަޕް ނުވަތަ ޑަމްޕަރ ޓްރަކް

350kg – 750kg

6

30 ދުވަސް

މާލެ

ޕިކަޕް، ލޮރީ ނުވަތަ ޑަމްޕަރ ޓްރަކް

1-2 tons

4

30 ދުވަސް

މާލެ

ޕިކަޕް، ލޮރީ ނުވަތަ ޑަމްޕަރ ޓްރަކް

1-2 tons

2

30 ދުވަސް

ހުޅުމާލެ

 

 

 

 

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

ބީލަން ހުށަހެޅުން

06 ޖޫން 2022 (ހޯމަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

 

06 ޖޫން 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އަންދާސީ ހިސާބާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލްތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584 

[email protected]

www.wamco.com.mv

02 ޖޫން 2022

02 ޖޫން 2022
ހޯދާ