އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލެޑް ޑިސްޕްލޭ ވޯލް ބޭނުންކޮށްގެން ވީޑިއޯ އަދި ޕުރެޒެންޓޭޝަން ޑިސްޕްލޭ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން

އއ. އުކުޅަހުގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި މިއޮފީހުން ބާއްވާ އިވެންޓަކަށް 2 ލެޑް ސްކުރީނެއް ބޭނުންކޮށްގެން ވީޑިއޯ އަދި ޕްރެޒެންޓޭޝަން ޑިސްޕްލޭ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަން ކުރެވުނު ނަންބަރު  (IUL)7-ADMN/1/2022/69 އިޢުލާނުގެ މަޢުލޫމަތު ކަރުދާހަށް ބަދަލުތަކެއް ގެނެވިފައި ވާތީ އެއިއުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022   ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2022 ޖޫން 13 ވާ ހޯމަ ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

 

02 ޖޫން 2022
ހޯދާ