ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫގައި އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް ޤާއިމްކުރުމާއި ބެހޭ

މި ރަށުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުން ބަޖެޓް ދީގެން ޤާއިމްކުރާ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިހެންކަމުން މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ އިކޮނޮމިކް މިނިސްޓްރީގައި މިމަސައްކަތުގެ ދާއިރާއިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

13 ޖޫން 2022

ހޯމަ

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

20 ޖޫން 2022

ހޯމަ

13:00

 

މި އިދާރާއިން ބަލާނެ ކަންތައްތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިއެއްތޯ.
  • ތަޖުރިބާ ބަޔާން ކުރުމަށް ހުށަހަޅާ ލިއުންތަކުގައި ކުރި މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރި ތާރީޚް، މަސައްކަތް ނިންމި ތާރީޚް (މުއްދަތު) އެގެން އޮތުން އަދި އެލިއުމަކީ ކޮންފަރާތަކުން ދެވޭ ލިއުމެއްކަން އެނގެން އޮތުން.
  • ބީލަމުގައި ބައިވެރިވާ ފަރާތް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހުގައި އެފަރާތަށް ދީފައިވާ ތަޖުރިބާގެ އެއްވެސް ލިއުމެއް އަދި ސާފުނޫން އެއްވެސް ލިއުމެއް މިން ނުކުރެވޭނެއެވެ.
  • ހުށަހެޅުން 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެކަން

 

ބިޑް އިވެލުއޭޝަން މަރުހަލާ:

  • ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  • ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އަންގާނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުން މި ކައުންސިލަށް ބިޑްތަކާއި ގުޅޭގޮތުން ވަކި އެއްޗެއް އެންގުމުންނެވެ.
  • ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މާކްސް ދެވޭގޮތުގެ ތަފްސީލް:

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް
  • މާކްސްދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާސާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

70%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • މިފަދަ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

20%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ އެކަށީގެންވާ މުއްދަތު ކަމުގައި މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

މަސައްކަތް ނިންމާ މުއްދަތު

 

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން:

  • މިމަސައްކަތް ކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށްދާނީ އޮންލައިންކޮށް އަދި ހާޒިރުގައިއެވެ.
  • މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެވޭނީ، 13 ޖޫން 2022 ވާ ހޯމަދުވަހު 10:00ގެ ކުރިން މިއިދާރާގެ ނަންބަރު 7330026 ހޮޓްލައިނަށް ނުވަތަ މިއިދާރާގެ [email protected] މެއިލަށް ބިޑް ހުށަހަޅަން ރެޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު (ނަން، އެޑްރެސް، މެއިލް އައިޑީ ކާޑުގެ ނަންބަރު، ގުޅޭނެ ފޯންނަންބަރު، ކޮމްޕެނީ / ވިޔަފާރީގެ ނަން) ފޮނުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 13 ޖޫން 2022 ވާ ހޯމަދުވަހު 13:00ގައި އެވެ.
  • އަންދާސީ ހިސާބު (ބިޑް) ހުށަހެޅުމުގެ ސެޝަން އޮންނާނީ 20 ޖޫން 2022 ވާ ހޯމަ ދުވަހު 13:00ގައި އޮންލައިންކޮށް އަދި ހާޒިރުގައިއެވެ. މި ސެޝަނުގައި އެގަޑިއަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ. މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
  • އަންދާސީ ހިސާބު (ބިޑް) ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
  • އަންދާސީ ހިސާބު (ބިޑް) ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ބިޑް ހުށަހަޅަންވާނީ މިކަމަށް 20 ޖޫން 2022 ވާ ހޯމަ ދުވަހު 13:00ގައި ބާއްވާ އޮންލައިން މީޓިންގ ކުރިޔަށްދާއިރު އެވަގުތު މިއިދާރާގެ މެއިލް [email protected] އަށް ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުން އެ ބިޑް، ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅައިގެންނެވެ. އަދި ހާޒިރުވެ ބިޑް ހުށަހަޅަން ބޭނުންވާ މީހުންނަށްވެސް އެފުރުޞަތު ދެވޭނެއެވެ.
  • އަންދާސީ ހިސާބު (ބިޑް) ޗެކްކުރުން އޮންނާނީ މި މީޓިންގައި ބައިވެރިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.
  • އަދި އަންދާސީ ހިސާބު (ބިޑް) ބަލައިގަތްކަމުގެ ލިޔުން މިބައްދަލުވުމުގައި ބިޑް ހުށަހަޅާފަރާތްތަކުގެ މެއިލް މެދުވެރިކޮށް ހަވާލުކުރެވޭނެއެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

02 ޖޫން 2022
ހޯދާ