ދިވެހިރާއްޖެ
މި އޮތޯރިޓީގެ ނަންބަރު (IUL)428/1/2014/1 (04 ސެޕްޓެންބަރު 2014) އިޢުލާނުގައިވާ މަޤާމުތަކުގެ ޝަރުޠު ރަނގަޅަށް ހިމެނިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން މި މަޤާމުތަކަށް އިޢުލާން ކުރަމެވެ.
މަޤާމު: ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު: 3
ރޭންކް: އެމް. އެސް 2
ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ : -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ސްޓޭންޑަރޑް ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝޫއަރެންސް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ބޭނުންވާ ދާއިރާތަކުގެ އޮކިއުޕޭޝަނަލް ޓާސްކް އޭނާލިސިސް ހެދުން.
- ކޮމްޕިޓެންސީ ސްޓެންޑާރޑްތައް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް ޕެނަލްތައް އެކުލަވާލާ، ސްޓެންޑާރޑްތައް ތައްޔާރުކުރުން.
- ޓެކްނިކަލް ޕެނަލްގެ އެހީގައި ތައްޔާރުކުރެވޭ ކޮމްޕީޓެންސީ ސްޓެންޑާރޑް އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކަށް އަދި މޯލްޑިވްސް ކޮލިފިކޭޝަނަސް އޮތޯރިޓީއަށް ހުށަހަޅާ، ފާސްކުރުމުގެ މަސައްކަތުގައި އެހީވުން.
- ޓެކްނިކަލް ޕެނަލްސްތަކުގެ މަސައްކަތް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
- ކޮމްޕިޓެންސީ ސްޓެންޑާރޑް ލިޔުމުގެ ވާރކްސޮޕްތައް ރާވައި ހިނގުން.
- އިންސްޓްރަކްޝަން މެޓީރިއަލް ތައްޔާރުކުރުމުގައި ލަފަޔާއި އިރުޝާދު ދިނުން.
- ކޮމްޕިޓެންސީ ސްޓެންޑާރޑް އަދި އިންސްޓްރަކްޝަން ހަދާ ފަރާތްތަކަށް ބޭނުންވާ ކޮންޓްރެކްޓްތައް އެކުލަވާލުމުގައި އެހީތެރިވުން.
- ސްޓޭންޑަޑް ތަކަށް ތަމްރީނު ދިނުމާއި މޮނިޓްކުރުން އަދި އެސެސްމަންޓާއި ސަނަދު ދޫކުރުމާގުޅޭ ކަންކަން ކުރުން.
ޝަރުޠު:
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 08 އޮކްޓޫބަރު 2014 އަދި 16 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީންނާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބިވަޑައިނަވާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3344077 / 3341313 ފޯނަށް ގުޅުއްވުން އެދެމެވެ.