ދިވެހިރާއްޖެ
އިޢުލާން
އޮފީސް މޭޒާއި ޕާޓިޝަން ގަތުމާގުޅޭ
މިއިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިތަކެތި ވިއްކަން ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
ގަންނަން ބޭނުންވާ ތަކެތި
|
ތަފްސީލު |
ބޭނުންވާ ޢަދަދު |
1 |
އޮފީސް މޭޒު (ޕެޑެސްޓަލް އާއިއެކު) |
4 |
2 |
ޕާރޓިޝަން (2 ޖަންކްޝަން ޕޯސްޓް އާއިއެކު) |
6 |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
15 ޖޫން 2022 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
22 ޖޫން 2022 |
ބުދަ |
11:00 |
ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް
- ތަކެތީގެ އަގަށް: %80 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މަސައްކަތުގެ ތަޖުރިބާއަށް: (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
- މާލީ ޤާބިލްކަމަށް: 10% (މަސައްކަތް ކޮށްދިނުމަށް ހުށަހެޅި އަގުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.