ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އިމާރާތުގެ ތަޅުން އެޅުމާއި ސިމެންތި ޖެހުމުގެ މަސައްކަތް

              މިރަށު ޕްރީސްކޫލް އިމާރާތުގެ ތަޅުން އެޅުމާއި ސިމެންތިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު  (IUL)248-ED/248/2022/38 (26 އެޕްރީލް 2022) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

              ވީމާ، މިމަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖޫން 2022 އިން 09 ޖޫން 2022 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

              މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޕްރީސްކޫލް އިމާރާތުގެ ތަޅުން އެޅުމާއި ސިމެންތި ޖެހުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތައް ލިޔުއްވައިފައެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 ޖޫން 2022
ހޯދާ