ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

                  އިޖުތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް     (ވަގުތީ)

ބޭނުންވާ ޢަދަދު: 01  ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ )

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް ( މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ޕާޓްޓައިމްކޮށް 01 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ(.

މުސާރަ:

މުސާރަ ( މަހަކު ) -/3100 ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

އެލަވަންސް:

ސާރވިސް އެލަވަންސް -/1200 ރ ( އެއްހާސް ދުއިސައްތަ ރުފިޔާ )

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފަސާދެވޭނެއެވެ.

ޢާއްމުކޮށް މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް:

ހަފްތާއަކު 6 ދުވަސް، ދުވާލަކު 4 ގަޑީއިރު (ހެނދުނު 6:00 ން 10:00 އަށް)

ފެންވަރު ނުވަތަ ޝަރުޠު:

1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

2 . މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 . ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ( މަގުތަކާއި، ޕާކްތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާ އަދި ގޮނޑުދޮއްފަދަ ތަންތަން ) ކައުންސިލުން އަންގާގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން

2. މުހިއްމު މުނާސަބަތަކަށް ރަށުގެ ވަކި ސަރަޙައްދެއް ކުނިކަހާ ސާފްކުރަން ޖެހިއްޖެނަމަ އެކަމެއް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން

3. އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2022 ޖޫން 12 ން ފެށިގެން 5 ދުވަހުގެ މުއްދަތަށް  ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2022 ޖޫން 09 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. )

2 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

5 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް

މި ވަޒީފާއަށް ހޮވޭފަރާތް މަސައްކަތައް ރަނގަޅުނަމަ ކައުންސިލް އިދާރާއިން ބޭނުނެވެހިނދެއްގައި 1 އަހަރު ދުވަހުގެ މުއްދަތައް ކޮންޓްރެކްޓް އައުކުރެވޭނެއެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

            ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

02 ޛުލްގައިދާ 1443

02 ޖޫން 2022
ހޯދާ